ޔުނިވާސަލް އެންޓަޕްރައިސެސްގެ އެއް ހިއްސާދާރު ކޮލިގޭ، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަވަހާރަ ވެއްޖެއެވެ.

މައުލޫމާތު ލބިފައިވާ ގޮތުގައި، އޭނާ އަވަހާރަވީ މިއަދު ހެނދުނު 6:30ގައެވެ. އަވަހާރަވީއިރު، އޭނާ އަށް ފަރުވާ ދެމުން ގެންދިޔައީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި އެމްޔޫ މަނިކު ވަނީ ވިއްސަކަށް އަހަރު ދިވެހި ދައުލަތަށް ހިދުމަތް ވެސް ކުރައްވައިފައެވެ.