ހުޅުމާލެ ފޭސް ދޭއްގައި ދެ މިސްކިތެއް އެޅުމަށް ބިން ހަވާލުކޮށްފިއެވެ.
މިކަމާ ގުޅޭ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އިސްލާމިކް މިނިސްޓްރީއާ ދެމެދު ވަނީ ސޮއިކޮށްފައެވެ.
މިކަމާ ގުޅޭ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަލީ ޒުހައިރުއެވެ.
އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ހުޅުމާލެ ލޮޓް ނަމްބަރު 22،221 ގައި ހެދުމަށް ހަމަޖެހިފައިވާ މިސްކިތަކީ 2،000-3،000 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
އެ މި މިސްކިތުގެ ބިމުގެ ސައިޒަކީ 27،920 އަކަފޫޓެވެ.
އަދި ހުޅުމާލެ ލޮޓް ނަމްބަރު 22،242 ގައި ހެދުމަށް ހަމަޖެހިފައިވާ މިސްކިތަކީވެސް 2،000-3،000 މީހުންގެ ޖާގައިގެ މިސްކިތެކެވެ
އެ މިސްކިތުގެ ބިމުގެ ސައިޒަކީ 20،720 އަކަފޫޓެވެ.

