މިދިޔަ މަހުގެ ތެރޭގައި ފުލުހުންނަށް 1،003 މައްސަލައެއް ހުށަހެޅިއިރު، އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާ އިރު، އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ.
އެފަދަ 304 މައްސަލައެއް ހުށަހަޅާފައިވެއެވެ.
ދެވަނަ އެންމެ ގިނައިން އެކްސިޑެންޓްތަކުގެ މައްސަލަތައް ހުށަހެޅި އިރު، އެ އަދަދު އުޅެނީ 236 ގައެވެ.
ތިން ވަނަ އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.
އެފަދަ 187 މައްސަލައެއް މިދިޔަ މަހު ހުށަހެޅިއެވެ.
އަދިވއެއްޗެހި ގެއްލިގެން 90 މައްސަލަ، އަނިޔާގެ 45 މައްސަލަ، މުދަލަށް ގެއްލުން ދިނުމުގެ 44 މައްސަލަ، ފޭރުމުގެ 23 މައްސަލަ، ގެވެށިއަނިޔާގެ 22 މައްސަލަ، ހިޔާނަތުގެ 22 މައްސަލަ، ޖިންސީ ގޯނާ ކުރުމުގެ 19 މައްސަލަ، ފޯޖް ކުރުމުގެ 11 މައްސަލަ ހުށަހެޅިއެވެ.
މިދިޔަ ޖުލައި މަހު ފުލުހުންނަށް 849 މައްސަލަ ވަނީ ހުށަހަޅައިފައެވެ.

