ކުޅުދުއްފުށި ސިޓީގައި ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލަން ކޮންސަލްޓެންސީގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އެ ސިޓީގެ ކައުންސިލުން އިއުލާންކޮށްފިއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެ ސިޓީގެ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލުމުގެ ގޮތުބް ކޮންސަލްޓެންސީގެ ހިދުމަތް ހޯދުމަށް މިދިޔަ ޖުލައި މަހު ކުރި އިއުލާނު ބާތިލުކޮށް އަލުން ހުޅުވައިލާ ކަމަށެވެ.

އެ ކައުންސިލުން ބުނީ، މި ބީލަމާ ގުޅިގެން އެއްވެސް ސުވާލެއް އޮތް ނަމަ، މިމަހުގެ 16 ވަނަ ދުވަހުގެ 10:30 ގެ ކުރިން  ކައުންސިލަށް އީމެއިލް ކުރަންޖެހޭނެ ކަމަށެވެ.

ބީލަމުގައި ރަޖިސްޓްރީވާން ހުޅުވުމުގެ ސުންގަޑިއަކީ މިމަހުގެ 17 ވަނަ ދުވަހު 10:30އެވެ.

ކައުންސިލުން ބުނީ ބިޑު ހުށަހެޅުން 18 ސެޕްޓެމްބަރު 2025 ވަނަ ދުވަހު ކައުންސިލްގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެންމެ ބިޑެއް ކަމަށާއި، ބިޑު ހުށަހެޅޭނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަަކަށް އެކަނިކަމަށް ވެސް ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުންޏެވެ.