މާދަމާރޭ ހަނދުކޭތަ ހިފާނެތީ ހުރިހާ ރަށެއްގައި ހަނދުކޭތަ ކުރަން އިސްލާމިކް މިނިސްޓްރީން އަންގައިިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިސްލާމިކް މިނިސްޓްރީން ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނީ، ހަނދުކޭތަ ހިފަން ފަށާނީ މާދަމާ ރޭ 8:28ގައި ކަމަށެވެ.

ހަނދު ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ 11:11 ގައިކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ހަނދުކޭތަ ވީއްލާނެ ކަމަށް ލަފާކޮށްފައިވަނީ މެންދަމުން އަލިވެ 1:55ގައެވެ.

އެހެންކަމުން ހުރިހާ ރަށެއްގައި މާދަމާ ރޭ 11:12 ގައި ކޭތަ ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މިނިސްޓްރީން ވަނީ، ސިޓީ ކައުންސިލް ތަކަށާއި ރަށު ކައުންސިލްތަކަށް އަންގައިފައެވެ.

އެ މިނިސްޓްރީން ބުނީ ކޭތަ ނަމާދުގެ ހުތުބާ މާދަމާ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށެވެ.