ރަޝިއާ ކައިރިއަށް މިއަދު އައި ބިންހެލުމުގެ ނުރައްކާ ރާއްޖެއަށް ނެތް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ބުނެފިއެވެ.

ރަޝިއާގެ ކަމްޗަޓްކާގެ އިރު އުތުރު އައްސޭރިއަށް މިއަދު ވަނީ 7.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައެވެ.

މި ބިން ހެލުން އައިސްފައިވަނީ މާލެއާ 9،421 ކިލޯމީޓަރު ދުރަށެވެ.

މެޓް އޮފީހުން ބުނީ މި ބިން ހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށެވެ.