ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް، މއ. ސިގްމާ، މުހައްމަދު މުޖްތާޒް މިއަދު އައްޔަނު ކުރައްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި  މުޖްތާޒް ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.

މުޖްތާޒަށް ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، މުހައްމަދު ސަލީމެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން މުޖްތާޒާ ޙަވާލުކޮށްދެއްވާފައެވެ.

އޭނާ ޖޭއެސްސީގެ މެންބަރުކަމަށް އައްޔަނު ކުރެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެ ހައިސިއްޔަތުންނެވެ.