ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާތައް ރެގިއުލޭޓު ކުރާ ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެ ބިލު ފާސްކުރީ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި، 60 މެމްބަރެއްގެ ވޯޓާ އެކީގައެވެ.

އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ، ޖަލްސާއަށް ހާޒިރުވެ ތިއްބެވި ޖުމްލަ 63 މެމްބަރުންގެ ތެރެއިން 61 މެމްބަރުންނެވެ.

ވޯޓަށް އެހުމުގެ ކުރިން، ބިލާ ދެކޮޅަށް މަޖިލީހުގެ ތަޅުމުގައި އަޑު ގަދަ ކުރެއްވި އިިދިކޮޅު މެމްބަރުންގެ ނަން އިއްވައި، ތަޅުމުން ވަނީ ބޭރުކޮށްފައެވެ.

ބިލު ފާސްކުރީ ކޮމިޓީ މަރުހަލާގައި ބަންޑާރަ ނައިބު ހުށަހެޅުއްވި އިސްލާހުތަކާއެކުގައެވެ. އޭޖީ އޮފީހުން 14 އިސްލާހެއް ހުށަހެޅިއެވެ.

މި ބިލު ބޭރު ކުރަން ގޮވައިލައި، މަޖިލީހުގެ އިދާރާ ކައިރީގައި ބައެއް ނޫސްވެރިން އަޑު އުފުލާފައިވެއެވެ. އަދި ބިލު ފާސް ކުރުމަށް ގޮވައިލައި ބައެއް ފަރާތްތަކުން އަޑު އުފުލިއެވެ.