މި މަހުގެ 14 ވަނަ ދުވަހުގެ ފަތިހު، މާލޭގައި ހިނގި މާރާމާރީއެއްގައި އަނިޔާ ލިބުނު މީހަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށް، މެޑިކަލް ސްޓާފުންނަށް މަރުގެ އިންޒާރު ދީ، ބިރުދެއްކި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، މި މައްސަލައިގައި ހިމެނޭ ގދ.ވާދޫ، ފުރުސަތު، އުމުރުން 28 އަހަރުގެ ލޫތު އިބްރާހީމް، އޭނާ އަށް ފަރުވާ ދިން މެޑިކަލް ސްޓާފުންނަށް މަރުގެ އިންޒާރު ދިންއިރު، އޭނާގެ ޖީބުން ވަޅިއެއް ވެސް ފެނިފައިވާ ކަމަށެވެ.
މި މަހުގެ 19 ވަނަ ދުވަހު، ފުލުހުން ވަނީ، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައެވެ. އަދި ކޯޓުން ވަނީ، އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ. ފުލުހުން ބުނީ، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

