މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ރައީސްއާ ހިއްސާކުރައްވާފައެވެ.
މިގޮތުން ކައުންސިލުން ވަނީ އެރަށަކީ، މަސްވެރިވެރި ރަށަކަށްވުމުން ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް އަވަހަށް ނިންމުމާއި، ރަށުގެ މަގު ހެދުމާއި، މިހާރު ހަދަމުންދާ ސުކޫލު އިމާރާތް އަދި ޒުވާނުންގެ މަރުކަޒުގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ސިއްހީ މަރުކަޒުގެ މުވައްޒަފުންގެ ދަތިކަމާއި ރަށުގައި ޕޮލިސް ވެހިކަލެއް ނެތުމުން ދިމާވާ މައްސަލަތައް ވެސް ހިއްސާކުރެއްވިއެވެ.
މީގެއިތުރުން ރަށުގެ ކަރަންޓް ނެޓްވޯކްގެ މައްސަލައާއި އެންބިއުލެންސްގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

