ކ.މާލެއިން ފުރައިގެން ހއ. ދިއްދޫއަށް ދަތުރުކުރަމުން ދިޔަ ”މެގަ ހޯރަ“ ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނިގޮތުގައި ރޭގެ ވަގުތެއްގައި އެ ބޯޓު އަރާފައިވަނީ ނ. ވަވަތިކުރޮޅިއަށް ފަރަށެވެ.

ބޯޓު ފަރަށް އެރި އިރު އޭގައި 61 މީހުން ދަތުރުކުރަމުން ދިޔަ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ނުލިބެއެވެ.

98 ފޫޓްގެ ބޯޓު ފަރުން ނެގުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަކްރާފްޓް ލޯންޗެއް ޑައިވަރުންނާ އެކު މަސައްކަތް ކޮށްފައިވެއެވެ.

އަދި ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ވެސް މިކަމުގައި ހަރަކާތްތެރިވެފައިވެއެވެ.

އެމްއެންޑީއެފުން ބުނީ، ދިޔަވަރު ބޮޑުވުމުން، ”މެގަ ހޯރަ“ ބޯޓު، އެހެން ދެ އުޅަނދެއްގައި ކަފުޖަހައިގެން މިއަދު 09:35 ހާއިރު ވަނީ ފުންކޮށްފައި ކަމަށެވެ.