ހުޅުމާލެ ފޭސް 1ގެ ސްވިމިން ޓްރެކު ހުންނަ ސަރަައްދުގެ ގޮނޑުދޮށް އެންމެ ބޮޑަށް ހަލާކުވެފައިވާ ސަރަހައްދުތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށައި، އެސަރަހައްދުގައި އާންމުންނާއި ވިޔަފާރިވެރިން ބަހައްޓާފައިވާ ތަކެތި ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އެ ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނި ގޮތުގައި އެ މަސައްކަތް އިއްޔެވަނީ ފަށައިފައެވެ.

މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިޔުމަށާއި މި ސަރަހައްދުގައި ހަރަކާތްރިވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، މަޝްރޫއުގެ މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުގައި ވިޔަފާރިތަކުންނާއި އާންމުން ބަހައްޓާފައިވާ ތަކެތި ވީ އެންމެ އަވަހަކަށް ނަގައިދިނުމަކީ އެ ކޯފަރޭޝަންގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އަދި މަސައްކަތް ކުރިއަށްދާ މުއްދަތުގައި މި ސަރަހައްދަށް އާންމުން ވަދެ އުޅުމަކީ ރައްކާތެރިކަމަކަށް ނުވާނެތީ، މި ސަރަހައްދަށް އާންމުން ނުވަނުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންވާނަމަ އެކޯޕަރޭޝަނުގެ ހޮޓްލައިން 1516 އަށް ގުޅުމަށް ނުވަތަ 1516 އަށް ގުޅުމަށް ނުވަތަ 1516 އަދި projects@hdc.mv އަށް އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.