ދިވެހިރާއްޖޭގައި އެންމެ ބޮޑުވެފައިވާ އެއް މައްސަލައަކީ ބިދޭސީންގެ މައްސަލައެވެ. ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެ، ކަންމަތީ ފިހާރަތަކާއި ގެސްޓްހައުސް ވިޔަފާރިތައް ވެސް ކޮންޓްރޯލް ކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް، އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާ މިންވަރަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، އެ މީހުންގެ އެކޮމޮޑޭޝަންތައް ބަލައި ފާސްކުރުމުގެ ތެރެއިން، މީޑިއާތަކަށް ތިލަވާ އެއްކަމަކީ ތޮއްޖެހިފައިވާ މި މާލޭގައި، އެތައްހާސް ބިދޭސީންނެއް ވަރަށް ދަތި، އަދި ސާފުތާހިރުކަން ކުޑަ ”ގޮޅިތަކެއް“‏ގައި ވެސް އުޅެމުންދާކަމެވެ.

މިކަމުގައި، ބިދޭސީން ގެންނަ ފަރާތްތަކުގެ އިހުމާލު ބޮޑެވެ.

ބިދޭސީން ދިރިއުޅޭ ބައެއް ގޮޅިތަކުގައި ޑިއުޓީ ބަހައިގެން ވެސް ނިދައި އުޅެއެވެ. މިގޮތުން، 12 ފޫޓު 13 ފޫޓުގެ ކޮޓަރިތަކުގައި 30އަށް ވުރެ ގިނަ ބިދޭސީން ވެސް ނިދައި އުޅޭ ވާހަކައަކީ ވެސް އައު ވާހަކައެއް ނޫނެވެ.

މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ހޯދާ ހައްޔަރުކޮށް ޑީޕޯޓް ކުރަން ޖެހޭ ހާލަތުގައި ޑިޕޯޓް ކުރުމުގެ މަސައްކަތް ސަރުކާރުން ހަލުވި މިނުގައި ކުރަމުން އަންނައިރު، ސާފުތާހިރުކަން ކުޑަތަންތަނުގައި ބިދޭސީންނަށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމުގެ މައްސަލަތައްވެސް ނުހަނު ގިނަކަން ފާހަގަކުރެވެއެވެ.

އިމިގްރޭޝަނުން ކުރިއަށް ގެންދާ މިފަދަ ބައެއް އޮޕަރޭޝަންތަކުގައި އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ވެސް ބައިވެރިވެއެވެ.

މި އިދާރާތަކުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި ބިދޭސީންނަށް ކާބޯތަކެތި ވިއްކުމުގެ މަސައްކަތް ކުރާ ބަދިގެ ފަދަ ތަންތަން ވަރަށް މުޑުދާރުކޮށް ހުންނަކަން ފާހަގަވެ، އެ ވިޔަފާރިތައް ހުއްޓުވައި، އެކަމުގައި އުޅޭ ބިދޭސީން ޑީޕޯޓުކޮށްފައި އެބަހުއްޓެވެ.

 

 

 

މޯލްޑިވްސް އިމިގްރޭޝަނުން މިދިޔަ އަހަރު ހިންގި އޮޕަރޭޝަނެއްގައި ބިދޭސީންނަށް ކާބޯތަކެތި ތައްޔާރު ކުރަމުންދިޔަ ތަނެއް ފާސްކުރިއިރު، އެތަން ވަރަށް މުޑުދާރުކަން ފާހަގަކުރި. ފޮޓޯ/ އިމިގްރޭޝަން

 

ބިދޭސީންނަށް ވެސް ”ސާފުތާހިރު“ ކެއުން ލިބެންޖެހޭ

ގިނަ މަސައްކަތްތަކެކޭ އެއްފަދައިން، ކެއުން ބުއިމުގެ ހިދުމަތްދޭ ތަންތަނުގައި ކެއްކުމަކީ ވެސް މުޅިންހެން ބިދޭސީން ކުރާ ކަމަކަށް ވަނީ ވެފައެވެ. ވެރިރަށް މާލޭގެ ކެފޭއެއް ނުވަތަ ރެސްޓޯރެންޓެއްގައި ކައްކާއިންގެ ގޮތުގައި ދިވެހީން މަސައްކަތް ކުރާތަން ފެނުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.

ބިދޭސީން ކައްކާ ގޮތް ގިނަ ދިވެހީންނަށް ކަމު ނުދަނީ ސާފުތާހިރުކަން ކުޑަކަމަށް ބުނެއެވެ. ނަމަވެސް ހަގީގަތަކީ، ވަރަށް ސާފު ތާހިރުކަމާއެކު ކައްކައި، ހިދުމަތް ދޭ އެތައް ތަނެއްގައި ވެސް ބިދޭސީ މަސައްކަތްތެރިން ގިނަ ކަމެވެ.

އެހެންވެ، ދިވެހީންނަށް ހިދުމަތް ދޭ ބިދޭސީންނަށް ވެސް ”ސާފު ހިދުމަތެއް“ ދިނުން މުހިންމެވެ.

ބިދޭސީންނަށް ކެއުމުގެ ހިދުމަތް ދޭ ބައެއް ތަންތަނުން، ޕްލާސްޓިކް ކޮތަޅަށް އަޅައި ކާތަކެތި ބަންދުކޮށް، ގޯންޏަށް އަޅައިގެން ޑެލިވަރީ ކުރުން ފަދަ ކަންކަން ވެސް ކުރާކަން ފާހަގަވެފައިވާއިރު، މިއީ ކޮންމެހެން ވެސް ހުއްޓުވެން ޖެހޭ ކަންކަމެވެ.

 

”ސަން މީލްސް“ އިން ބޭނުންވަނީ، ބިދޭސީންނަށް ކާންދިނުމުގެ ހިދުމަތަށް އިންގިލާބީ ބަދަލެއް ގެންނަން

ބިދޭސީންނަށް ކެއުމުގެ ހިދުމަތް ފޯރުކޮށްދޭ ސަން މީލްސް އަކީ 100 އިންސައްތަ ދިވެހި ކުންފުންޏެކެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދައާއެކު ހިންގާ މި ކުންފުނިން ބިދޭސީންނަށް 3 އިރު، އަދި 2 އިރުގެ ކެއުން ތައްޔާރު ކުރަނީ ވަރަށް ސާފުތާހިރުކަމާއެކު، ރަނގަޅު ޕެކިންއެއްގައެވެ. ހިދުމަތް ރަނގަޅުވެފައި، އަގުތައް ވެސް ރަނގަޅުވާނެ ކަމަށް އެތަނުން ބުނެއެވެ.

ސަން މީލްސްއިން ބިދޭސީންނަށް ތައްޔާރު ކުރާ ކެއުމެއް

ސަން މީލްސްއިން މަހަކު 1600ރ އަށް 3 އިރުގެ ކެއުން، އަދި 1400ރ އަށް 3 އިރުގެ ކެއުން ލިބޭ ޕެކޭޖުތަކާއި، 1200ރ އަށް 2 އިރުގެ ކެއުން ލިބޭ ޕެކޭޖު ވެސް ލިބެން ހުރެއެވެ.

 

ސަން މީލްސްގެ ޑެލިވަރީ ވޭން

ސަން މީލްްސް އިން ބުނީ، މިވަގުތު ހަމައެކަނި ބިދޭސީންނަށް ހިދުމަތް ދިންކަމުގައި ވިޔަސް، ކުރިއަށް އޮތްތަނުގައި ދިވެހީންނަަށް ހާއްސަ ކެއުންތައް ވެސް ތައާރަފު ކުރުމަކީ އެތަނުގެ އަމާޒު ކަމުގައެވެ.

 

 

ަ