ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ 13 މައްސަލަ މިދިޔަ އޯގަސްޓްމަހު ހުށަހަޅައިފިއެވެ.
ސޯޝަލް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ކުޑަކުދިންނަށް އަނިޔާ ކުރުމުގެ 84 މައްސަލަ ހުށަހަޅާފައިވާއިރު، މި މައްސަލަތަކުގައި ހިމެނެނީ ފިރިހެން 40 ކުދިންނާއި އަންހެން 44 ކުދިންނެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން އެންމެ ގިނައިން މިނިސްޓްރީއަށް ހުށަހެޅިފައިވަނީ އިހުމާލުވުުގެ މައްސަލަތަކެވެ.
އެގޮތުން ފިރިހެން ކުދިންނަށް އިހުމާލުވުމުގެ 11 މައްސަލަ އަދި އަންހެން ކުދިންނަށް އިހުމާލުވުމުގެ 15 މައްސަލަ މިދިޔަ މަހު ހުށަހެޅިއެވެ.
ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ދެއްކުމުގެ 14 މައްސަލަ އާއި ޖިންސީ ހާނިކައިގެ 13 މައްސަލަ އާއި ޖިސްމާނީ އަނިޔާގެ 8 މައްސަލަ ވެސް މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ.

