ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ނޮވެމްބަރު އެއްވަނަ ދުވަހުން ފެށިގެން ބޮޑުުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ”އެކްސްގައި“ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވާ ފަދައިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ނޮވެމްބަރު އެއްވަނަ ދުވަހުން ފެށިގެން ބޮޑުުވާނެ ކަމަށެވެ.
އަދި ކުރިންވެސް ދަންނަވާފައިވާ ފަދައިން، މިޓއަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ 2026 ގައި ބޮޑުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވެފައިވަނީ ސިވިލް ސާވިސްގެ މުސާރައާ އެކީގައި ކައުންސިލުތަކުގެ މުވައްޒަފުންގެ މުސާރަ އާއި ޖުޑިޝަރީގެ މުސާރަ، އެއްކޮށް ޕޭ ހާމަނައިޒޭޝަން މިއަހަރުގެ ތިން ކުއާޓާއަށް ޝެޑިއުލް ކޮށްފައިވާ ކަމަށެވެ.
މި ދައުރުގެ ތެރޭގައި ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑުކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ރައީސް ކުރިން ވިދާޅުވެފައިވެއެވެ.

