ރާއްޖޭގައި ހާފިޒުކަމުގެ ސަނަދު ހާސިލުކުރި މީހުންގެ އަދަދު 284 އިތުރުވެއްޖެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިވަގުތާ ހަމައަށް ހާފިޒު ކަމުގެ ސަނަދު ހާސިލުކުރި މީހުންގެ އަދަދު 284 އަށް އަރާފައިވާ ކަމަށާއި މި ފަސް އަހަރުގެ ތެރޭގައި އެ އަދަދު 500 އަށް އަރާނެ ކަމަށެވެ.
ޤުރުއާން ހިތުދަސް ކުރުމުގެ ކުލާސްތަކުގައި 1،500 މީހުން ދަސް ކުރަމުން އަންނަ ކަމަށާއި އޭގެތެރޭގައި ގިނައީ ޒުވާނުންނާއި ކުޑަކުދިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި އެންމެ ގިނަ މީހުން ގުރުއާން ހިތުދަސް ކުރުމަށް ކިޔަވަމުން އަންނަނީ ގުރުއާނާ ބެހޭ މަރުކަޒުގައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އޭގެއިތުރުން، އަންނަ ރޯދަ މަހު 27 ވިލޭރޭ ފަންސާހެއްހައި ހާފިޒުން ދަސްވެނިވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މީގެ ދެމަހެއް ކުރިން އޮގަސްޓު ހަތަރެއްގައި ވަނީ، ހާފިޒުންގެ އެލަވަންސް 2،000 ރުފިޔާއިން 4،000 ރުފިޔާއަށް ބޮޑުކޮށްފައެވެ.

