އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ހދ. ހަނިމާދޫގައި އިއްޔެ ފަށައިފިއެވެ.

މިއާއެކު ހަނިމާދޫ ވެފައި ވަނީ މި ހިދުމަތް ފެށި 34 ވަނަ ރަށަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، ހަނިމާދޫ ކައުންސިލުން އެދިވަޑައިގަތީ އެރަށުގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ވަސީލަތްތައް ގާއިމު ކޮށްދެއްވުމަށެވެ.

މިހާރު 20 އަތޮޅެއްގެ 34 ރަށެއްގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ހިދުމަތް އަންނަނީ ދެމުންނެވެ.

އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.