ބަންގްލަދޭޝް އާއި ސްރީލަންކާއިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފިއެވެ.
ވަކިވަކިން ބޭއްވި ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުތަކަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.
ބަންގްލަދޭޝް އިން ރާއްޖެއަށް ސަފީރެއްގެ ގޮތުގައި ކަނޑައެޅުއްވީ ނަޒްމުލް އިސްލާމްއެވެ.
އަދި ލަންކާ އިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަކީ މުހައްމަދު ރިޒްވީ ހަސަންއެވެ.
ފަތްކޮޅު އެރުވުމަށްފަހު ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒާއި ލަންކާ އަދި ބަންގްލަދޭޝްގެ ސަފީރުން ވަނީ އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

