އދ.ދިގުރަށުގެ މަގުތައް ހެދުމާއި ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

ދިގުރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލު ކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބެވެ.

މީގެއިތުރުން ސްކޫލް އައު އިމާރާތުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ.

އާރްޑީސީއާ ހަވާލު ކުރި މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއުއެވެ.

މި އެއްބަސްވުންތަކުގައި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ، ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާޙިމް ނަޒީމުއެވެ.