ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއެއްގޮތަށް އދ ހަންޏާމީދޫގައި ލޯކަލް ޓޫރިޒަމްގެ އިތުރު ފުރުސަތުތައް ހޯދައިދީ އިގްތިސާދު ކުރިއެރުވުމަށްޓަކައި ހަންޏާމީދޫގެ ބައެއްގެ ގޮތުގައި އެ އަތޮޅު ”އުތުރު އަތަފަރު“ ފަޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
މިއާއެކު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، 2025 ފެބުރުވަރީ 5 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައިވާ، ”ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން“ އަށް އިސްލާހު ގެންނަވައި، އެ ގަރާރުގެ ޖަދުވަލުގައި ހިމަނުއްވާފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު، މިހާރު ވަނީ އަދާހަމަ ކުރައްވައިފައެވެ.

