ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ. ކުނބުރުދޫއަށް ވަޑައިގަންނަވައިފިއެވެ.

މއީ 16 އަހަރު ފަހުން ދިވެހިރާއްޖޭގެ ރައީސަކު އެ ރަށަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެއެވެ.

އދ. އަތޮޅަށް ފަށްޓަވާފައިވާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ނުވަ ވަނަ މަންޒިލަކަށް ރައީސް ކުނބުރުދޫއަށް ވަޑައިގެންނެވުުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ރައީސްގެ މިދަތުރުފުޅުގައި ކުނބުރުދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި، އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފައިވެއެވެ.

އަދި ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.