ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މެޓު އޮފީހުން ވަނީ އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ވައި ގަދަވާނެ ކަމަށް ބެލެވޭތީ، އެ ސަރަހައްދުތަކަށް ޔެލޯ އެލާޓު ނެރެފައެވެ.

އަދި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ރ އަތޮޅަށް ހެނދުނު 09:40 އިން މެންދުރު 01:00 އާހަމަށް ވަނީ ޔެލޯ އެލާޓު ނެރެފައެވެ.

މެޓުން ބުނީ، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަަކަށް ހުޅަނގާއި، ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 220 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

އެ އިދާރާއިން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ ގަދަވާނެ ކަމަށާއި، މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.

މިހާރު ކުރަމުންމިދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރާ ކަމަށާއި، އަންގާރަ ދުވަހުން ފެށިގެން މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ވައި ވަރަށް ގަދަވާނެ ކަމަށް ވެސް މެޓުން ބުނެއެވެ.