ށ. ކަނޑިތީމުގައި ގާއިމު ކުރާ ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ އާ ބްރާންޗުގެ ބިންގާ އަޅައިފިއެވެ.
މިކަމަށްޓަކައި އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި އާ ބްރާންޗުގެ ބިންގާ އަޅުއްވާދެއްވީ ބީއެމްއެލްގެ ޗެއަރޕާސަން އަހުމަދު އަލީ ހަބީބު، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް، އަދި ކަނޑިތީމު ކައުންސިލްގެ ރައީސްއެވެ.
ށ. ފުނަދޫގައި ބޭންކުން ގާއިމުކޮށްފައިވާ ބްރާންޗުގެ އިތުރުން، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ގާއިމްކޮށްފައެވެ.

