ކ.މާލެއިން ފުރައިގެން އެރިޔަދޫއަށް ދަތުރު ކުރަމުންދަނިކޮށް ބަންޑުން ޖަހައިލި ކޮޅުވެއްޓިން ގެއްލުނު އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ބަންޑުންޖަހާލާފައިވަނީ މާލެއިން ފުރައިގެން އެރިޔަދޫއަށް ދަތުރުކުރި ”އަލްމާކް-ފިޔަ“ ނަމަކަށް ކިޔާ 100 ފޫޓުގެ ކޮޅުވެއްޓިއެކެވެ.
އެ އުޅަނދުން 7 މީހަކު ދަތުރުކުރި ކަމަށާއި މިހާތަނަށް 4 މީހަކު ސަލާމަތް ކުރެވިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
ގެއްލުނު ތިން މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި އިންޑިއާ މީހަކާއި ލަންކާ މީހެކެވެ.
މެރިން ފުލުހުން ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހުން ތިބީ ކޮޅުވެއްޓީގައި އޮތް އެކްސްކަވޭޓަރެއްގެ ތެރޭގައިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މި ދުވަސްވަރު ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވުމުުގެ ސަބަބުން ކަނޑުދަތުރު ކުރުމުގައި ސަމާލު ވުމަށް މޫސުމާބެހޭ އިދާރާއިންނާއި ކޯސްޓްގާޑުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

