ށ. އަތޮޅުގައި ޕާސްޕޯޓްގެ ދޫކުރުމުގެ ހިދުމަތް ފަށައިފިއެވެ.

އެ އަތޮޅު މިލަންދޫގައި މި ހިދުމަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މިލަންދޫގައި ޕާސްޕޯޓްގެ ހިދުމަތް އިފުތިތާހުކުރީ އެ ރަށު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.

އަދި ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ.

ޕާސްޕޯޓުގެ ހިދުމަތް ހުރިހާ އަތޮޅެއްގައި ގާއިމު ކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.