ށ.ފުނަދޫގައި އައިސް ޕްލާންޓުގެ ހިދުމަތް ފަށައިފިއެވެ.
މިއީ، މަސްވެރިކަން ތަރައްގީ ކުރުމަށް މި ސަރުކާރުން ފެށި މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ގާއިމުކުރި ފުރަތަމަ އައިސް ޕްލާންޓެވެ.
ފުނަދޫގައި އިއްޔެ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އައިސް ޕްލާންޓް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
ފުނަދޫގައި ހުޅުވީ 30 ޓަނުގެ އައިސް ޕްލާންޓެކެވެ.
މި އައިސް ޕްލާންޓާއެކު އެ ތަނުގައި 50 ޓަނުގެ އައިސް ރައްކާކުރާ ސްޓޯރޭޖެއް ގާއިމުކޮށްފައިވެއެވެ.

