ގައުމީ ޓީމުތަކުގެ އެތުލީޓުންނާއި އޮފިޝަލުންގެ އިނާޔަތް 7،000 ރުފިޔާއަށް ބޮޑުކޮށްފިއެވެ.
ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ކުރިން ދިނީ 5،000 ރުފިޔާ އެވެ. އޮފިޝަލުންނަށް ކުރިން ދިނީ 2،500 ރުފިޔާ އެވެ.
ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް މަހަކު 7،000 ރުފިޔާ ދޭން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ނިންމާފައިވަނީ މިއަހަރުގެ މެއި މަހުން ފެށިގެންނެވެ.
ނަމަވެސް ކުރީގެ އަދަދުން ކުޅުންތެރިންނާއި އޮފިޝަލުންނަށް އެލަވަންސް ޖަމާކޮށްފައިވާތީ އިތުރަށް ދޭން ޖެހޭ އަދަދު މިމަހުގެ ނިޔަލަށް ދިނުމަށްވެސް ވަނީ ނިންމާފައެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭންގައި ވެވަޑައިގެންނެވި ވައުދެކެވެ.

