ލ.މާވަށުގައި 10 ޓަނުގެ އައިސްޕްލާންޓެން ހަދަން މިފްކޯއާ ހަވާލުކޮށްފިއެވެ.
އެ ރަަށުގައި 10 ޓަނުގެ އައިސްޕްލާންޓަކާއި 20 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓި ގެ މަސައްކަތް ފެށުމަށް އެއްބަސވްުމުގައި ސޮއިކުރީ ރައީސް ލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ލ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިއްޔެ މާވަށަށް ވަޑައިގެންނެވެ.
އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ޝިޔާމްއެވެ.
އަދި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓު ޔުނިޓްގެ މެނޭޖަރު މުހައްމަދު ޝަމީމެވެ.

