ހުޅުމާލެ ފޭސް 2ގެ ހިޔާ ފްލެޓް 11ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

މި ހާދިސާގައި އަލިފާން ރޯވީ، އެ ޓަވަރުގެ 3ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަހައްޓާފައިވާ އެކްޒޯސްޓަކުން ކަރަންޓް ޝޯޓް ވެގެންނެވެ.

އެމްއެންޑީއެފްއިން ބުނީ،  މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު 11:25 ހާ އިރު ކަމަށެވެ.

އަދި މައުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ނަމަވެސް، އެޕާޓްމަންޓުގެ ބެލްކަންޏަށް އަލިފާނުގެ ސަބަބުން ބައެއް ގެއްލުންތައް ވަނީ ވެފައެވެ.