އައްޑޫ ސިޓީ ހިތަދޫގައި ނިޔާވެފައި އޮއްވައި މިއަދު ފެނުނު ދެ މީހުންގެ މަރުގައި ޝައްކުކުރެވޭ ކަމެއް ފާހަގަނުކުރެވޭ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނިގޮތުގައި ނިޔާވެފައި އޮއްވައި ފެނުނީ އުމުރުން ދުވަސްވީ ދެ މީހުންނެވެ. އެނގިފައިވާ ގޮތުގައި އެއީ ދެމަފިރިންނެވެ.
އެ ދެ މީހުންނަކީ އިބްރާހިމް އަބްދުﷲ، 60އ، ކުރޭނގެ، ސ. ހިތަދޫ އާއި ފަރަހަނާޒް ރަޝީދު، 52އ، ނާރެސް، ސ. މަރަދޫ އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި މިހާތަނަށް ބެލި ބެލުމުން ތުހުމަތުކުރެވޭ ކަމެއް ފާހަގަކުރެވިފައިނުވާ ކަމަށެވެ.
ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

