ޅ. އޮޅުވެލިފުށި ފިޓްނެސް ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް)އާ ހަވާލު ކުރި މި މަޝްރޫއުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އޮޅުވެލިފުއްޓަށް މިއަދު ކުރެއްވި ދަތުރުފުޅުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ފިޓްނެސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިއު އާއި މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އާއި އޮޅުވެލިފުށި ހިމެނޭ، ކުރެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު ޝާމިން ހަބީބް އާއި އޮޅުވެލިފުށި ކައުންސިލްގެ ރައީސް މުހައްމަދު އާޒިމެވެ.

ކޮންމެ ރަށެއްގައިވެސް ފިޓްނެސް ސެންޓަރެއް ގާއިމުކުރުމަށް މި ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.