ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތެރެއިން ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ފައިސާ ދަބަސް ފޭރިގަނެގެން ފިލިކަމަށް ތުހުމަތުކުރެވޭ ހަތަރު މީހުންގެ ވަނަވަރު ފުލުހުން މިއަދު އާއްމުކޮށްފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލަށް ވަންނަން ދިޔަ ބީއެމްއެލްގެ ދެ މުވައްޒަފަކަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަޅިން ބިރުދައްކައި، ގިނަޢަދަދެއްގެ ފައިސާ ހުރި ސޫޓްކޭހެއް ފޭރިގެންފައިވާ މައްސަލައެއްް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ އިއްޔެ ފަތިހު 4:45 ހާއިރުއެވެ.
ފޭރުނު މީހުން އެއަރޕޯޓަށް ގޮސްފައިވަނީ ކާރެއްގައެވެ.
ފުލުހުން އިއްޔެ ބުނީ އެއަރޕޯޓުން ފޭރުމަށްފަހު ފިލަން ބޭނުންކުރި ކަމަށް ބެލެވޭ ލޯންޗު ހޯދައި، ތުހުމަތުވާ ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުން ހައްޔަރުކުރީ ކ. ހުރައިން ކަމަށެވެ.
ނަމަވެސް، ގެއްލުނު ފައިސާގެ ހޯދުނު ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން މިއަދު ބުނީ، ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ވެސް ކޯޓުން މިއަދު ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުންނަކީ:
ލ. މާވަށް، ރޭޝަމް، އުމުރުން މާޒިން މޫސާ (25އ)
މާލެ، މ. ކޯރަސް، އަހުމަދު ރައިހާން ނަޢީމް (20އ)
ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް (24އ)
ކ.ގުރައިދޫ، އަޅިވިލާގެ، ހުސައިން ޝަހުދު (30އ)
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

