ހުޅުމާލެ ފޭސް2ގެ ހިޔާ ޓަވަރަކުން މީހަކު ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ 1 ނޮވެމްބަރ 2025 ވަނަ ދުވަހު 8:32 ހާއިރު ހިޔާ ޓަވަރު 8 އިން މީހަކު ވެއްޓިފައިވާކަމުގެ މަލޫމާތު ލިބިފައިވާކަމަށެވެ. އޭނާ ވެއްޓިފައި ވަނީ 14 ވަނަ ފްލޯއިންނެވެ.

ފުލުހުން ބުނީ، ޓަވަރުން ވެއްޓުނީ 33 އަހަރުގެ ފިރިހެނެއް ކަމަށާއި، މިކަން ބަލަމުން އަންނަ ކަމަށެވެ.

އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

އެ މީހާ ވެއްޓިފައި އޮތް މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރު ވަމުންނެވެ.

 

(ތަފްސީލު އަންނަނީ…)