ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) އިން މިރޭ ބާއްވާ ޖަލްސާއަކީ މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ސިޔާސީ އެއްވުމަށް ވެއްޖެއެވެ.

”ދިވެހީންގެރާއްޖެ“ މި ނަމުގައި، މިރޭ އާޓިފިޝަލް ބީޗުގައި ކުރިއަށްދާ ަޖަލްސާގައި އެތައް ސަތޭކަ ބަޔަކު ދަނީ ބައިވެރިވަމުންނެވެ.

އެ މުޅި ސަރަހައްދު ވަނީ ސަޕޯޓަރުންގެ އަޑުން ގުގުމައިލައިފައެވެ.

 

ރައީސް ޑރ.މުހައްމަދު މުއިއްޒު ޖަލްސާގެ ބައިވެރިންނާއެކު

މިރޭގެ ތާރީހީ ޖަލްސާގައި ރާއްޖޭގެ ހުރިހައި ހިސާބެއްގެ މީހުން ވެސް ބައިވެރިވެއެވެ. މިހާރު ވެސް ހިނގަމުންދާ މި ޖަލްސާގައި ބައިވެރިވުމަށް މިއަދު އެކަނިވެސް މާލެއަށް އެތައް ބަޔަކު އައިސްފައިވެއެވެ.

 

ޕީއެންސީއިން މިރޭ ބާއްވަމުންދާ ޖަލްސާގެ ތެރެއިން

 

ޕީއެންސީގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި، މިރޭގެ ހާއްސަ ޖަލްސާއިން ފެނިގެން ދަނީ، ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް ދިވެހި ރައްޔިތުންގެ އިތުބާރު އޮތްކަމާއި، އެމަނިކުފާނުގެ ވެރިކަމުގެ ސިޔާސަތު ރައްޔިތުން ބަލައިގެންފައިވާ ކަމެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރުގެ މަގާމު އަދާކުރެއްވި އަހުމަދު މަހުލޫފާއި، އިދިކޮޅު އެމްޑީޕީގެ އިސް އެކްޓިވިސްޓުންތަކެއް މިރޭގެ ޖަލްސާގައި ރަސްމީކޮށް ޕީއެންސީއާ ގުޅިފައިވެއެވެ.

މަހްލޫފާއި، އެމްޑީޕީގެ އިސް އެކްޓިވިސްޓުންތަކެއް ޕީއެންސީއަށް ސޮއިކުރުމަށްފަހު، ޕާޓީއާ ގުޅުނުކަމުގެ ލިޔުން ހަވާލު ކުރެއްވީ ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒުއާއެވެ.