މާލޭގައި ހުމާއި އަރިދަފުސް ރޯގާ ފެތުރެމުންދާ މިންވަރު އިތުރުވަމުންދާތީ، އެފަދަ ބަލިމީހުންނަށް ހާއްސަ ފަރުވާ ދިނުމަށްޓަކައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފްލޫ ކްލިނިކެއް ގާއިމުކޮށް ހިދުމަތް ދޭން ފަށައިފިއެވެ.
އައިޖީއެމްއެޗުން ސޯޝަލް މީޑިއާގައި ބުނީ، ފްލޫ ކްލިނިކަށް ދައްކަން ބޭނުންވާ ބަލިމީހުން އެންމެ ފުރަތަމަ ވަޑައިގަންނަވަން ޖެހޭނީ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމް (އީއާރް) ޓްރިއާޖަށެވެ.
އެތަނަށް ވަޑައިގަތުމަށްފަހު، ’ކިއުބީ‘ ޓޯކެން ސިސްޓަމް މެދުވެރިކޮށް ފްލޫ ކްލިނިކަށް ދެއްކުމަށްޓަކައި ހާއްސަ ނަންބަރެއް ނަގަން ޖެހޭނެއެވެ.

