މާދަމާ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަން ސްޓެލްކޯއިން ހާމަކޮށްފިއެވެ.
އެ ކުންފުނީގެ ސޯޝަލްމީޑިއާ އެކައުންޓުތަކުން ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، މާދަމާ ހެނދުނު6:00 އާއި6:15 އާއި ދެމެދު ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިދާނެ ކަމަށެވެ.
ކަރަންޓު ކެނޑޭނެ ސަރަހައްދުތައް:
- އެސްޓީއޯ ޓަވަރު
- އެމްޑަބްލިޔުއެސްސީ ޓަވަރު
- އެމްޕީއެލް ޓަވަރު
- ހިޔާ ޓަވަރު ފަހެއް، ހައެއް، ހަތެއް އަދި އަށެއް
- އަމާން އުދަރެސް ފަހަކުން ސޯޅައަށް
- އަމާން ދޯދި ފަހެއް، ހައެއް، ހަތެއް އަދި އަށެއް
- ވިނަރެސް ނުވައެއް އަދި ދިހައެއް
- އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު
ސްޓެލްކޯ އިން ބުނީ މާދަމާ ކަރަންޓު ކެނޑެނީ، އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކްގައި ކަރަންޓުގެ ހިދުމަތް މެދުކަނޑާލައިގެން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ކަމަށާއި، މިކަމުން ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭ ކަމުގައެވެ.

