ހުޅުމާލޭ ފޭސް އެކެއްގައި ގާއިމްކޮށްފައިވާ ފުލެޓްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

ހުޅުމާލޭގެ ފޭސް 1 ގައި ގާއިމު ކޮށްފައިވާ 704 ފްލެޓުތައް ސާފުކުރުމާއި މެއިންޓެނެންސްގެ މަސައްކަތްއެ މަސައްކަތް ރަސްމީކޮށް މިހާރު ހަވާލުކޮށްފައިވަނީ އެޗްޑީސީ އާއިއެވެ. އެ ކޯޕަރޭޝަނުން ފުލެޓްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށާފައިވަނީ ފާއިތުވި އަންގާރަ ދުވަހުގައެވެ.

މިއީ 2002 ވަނަ އަހަރު،ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އަޅާފައިވާ ފުލެޓްތަކެއް ކަމަށްވާއިރު، ފާއިތުވި އަހަރުތަކުގައި މި ފުލެޓްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތަކަށް އެންމެ ފުރިހަމަޔަށް އަޅާނުލެވި އޮތުމަކީ ފުލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ.

ނަމަވެސް ރައްޔިތުންގެ ޝަކުވާތައް އަޑުއަހާ އެކަންތަކަށް ހައްލު ހޯދައިދިނުމަށް ފްލެޓްތަކަށް ބޭނުންވާ މަރާމާތުގެ މަސައްކަތްތައް މިހާރު އެޗްޑީސީން ވަނީ ފަށާފައެވެ.