ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް މި މަހުގެ ތެރޭގައި މ. އަތޮޅުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި ހިދުމަތް ދެމުން އަންނަ އެމްޓީސީސީން މިހާރު އަންނަނީ ދަތުރުތައް ފެށުމުގެ ކުރިން ވާން ޖެހޭ ތައްޔާރީތައްވަމުންނެވެ.
އެގޮތުން އާރްޓީއެލް ފެރީގެ ހިދުމަތަށް ހޭލުންތެރިކުރުވުމަށް މ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށް، ހިދުމަތާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތައް ބާއްވަމުން އަންނައިރު، އެމްޓީސީސީން ބުނީ އެ އަތޮޅަށް ހިދުމަތް ފަށާނީ މި މަހުގެ ފަހުކޮޅު ކަމަށެވެ.
ދެހާސް ބާވީހުގައި ތައާރަފުރި އާރްޓީއެލްގެ ދަށުން މިހާރު 15 އަތޮޅެއްގައި އަންނަނީ ފެރީގެ ހިދުމަތް ދެމުންނެވެ. އެ ހިދުމަތް މިހާރު ނުފެށި އޮތް އަތޮޅުތަކަކީ މ. އަތޮޅުގެ އިތުރުން އއ. އދ. ވ. އަދި ކ. އަތޮޅެވެ.
އެންމެ ފަހުން ފެެރީގެ ހިދުމަތް ފެށީ، މާޗު މަހުގެ ތެރޭގައި، ލ. އަތޮޅުގައެވެ.

