ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހާއްސަ މުޝީރުގެ މަގާމަށް އައްޔަނު ކުރެއްވި ދިވެހިބަހާއި ސަގާފަތާބެހޭ ކުރީގެ މިނިސްޓަރު އާދަމް ނަސީރު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު ވަނީ މިކަން ކަށަވަރުކޮށްދެއްވައިފައެވެ.

ރައީސް އޮފީހުގެ ދިވެހިބަހާއި ގައުމިއްޔަތާބެހޭ ހާއްސަ މުޝީރުގެ މަގާމަށް ކުރީގެ ހެރިޓޭޖް އާދަމް ނަސީރު މިއަދު އައްޔަން ކުރެއްވީ ސަރުކާރުގެ އިސް މަގާމުތަކަށް ގެންނަވަމުން ގެންދަވާ ބަދަލުތަކުގެ ތެރެއިންނެވެ.

މިދިޔަ އޭޕްރީލް މަހު ކެބިނެޓުގެ ގިނަ ވަޒީރުންތަކެއް އެއްފަހަރާ އިސްތިއުފާ ދެއްވި ދުވަހު އާދަމް ނަސީރުވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.