ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ގާއިމްކޮށްފައިވާ ”ބޯހިޔާވަހިކަން“ ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލަ މިހާރު ހަައްލު ކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މިރޭ ބުނީ، މި މައްސަލައާއި ގުޅިގެން މި ސްކީމްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ވަގުތު މިރޭ ދަންވަރު 2:00 އަށް އިތުރުކުރެވިފައިވާ ކަމަށެވެ.

ޕޯޓަލް ޑައުންވިތާ 40 ވަރަކަށް މިނެޓްތެރޭ މިނިސްޓްރީން ވަނީ ޕޯޓަލް އާންމު ހާލަތަށް ގެނެސްފައެވެ.

ބެލެވޭ ގޮތުގައި، ޕޯޓަލް ޑައުންވީ މިރޭ އެޕްލިކޭޝަން ހުށަހެޅުމަށް ދިން ސުންގަނޑި ހަމަވާން ކައިރިވުމުން، އެއްފަހަރާ ގިނަ ބަޔަކު ފޯމު ހުށަހެޅުމަށް މަސައްކަތް ކުރުމުންނެވެ.