މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި މިއަދު ހެނދުނު ރާއްޖެ ގަޑިން 6:00 ގައި އާޖެންޓީނާ އާއި އަލްޖީރިއާ ބައްދަލު ކުރި މެޗުގައި، ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ ވަނީ މި މުބާރާތުގައި އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކުރުމާއެކު، ވޯލްޑްކަޕްގައި އެންމެ ގިނައިން ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ވެސް ހޯދައިފައެވެ.
މެޗުގެ ތިން ލަނޑާއެކު މެސީ ވޯލްޑް ކަޕުގައި ޖެހި ލަނޑުގެ އަދަދު 16 އަށް ވަނީ އަރައިފައެވެ. މި މެޗާއެކު މެސީ އާޖެންޓީނާއަށް ކުޅެދިން މެޗުގެ އަދަދު ވަނީ 200އަށް ވެސް އަރައިފައެވެ.
މެސީއާއިއެކު ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ޖަރުމަނުގެ ފުޓުބޯޅަ ލެޖެންޑް މިރޮސްލާވް ކްލޯޒޭ ވެސް ހިމެނެއެވެ. އޭނާ ވޯލްޑް ކަޕްގައި 16 ލަނޑު ފުރިހަމަ ކުރީ، 4 މުބާރާތުންނެވެ.
މިއީ އުމުރުން 38 އަހަރުގެ މެސީގެ އެންމެ ފަހު ވޯލްޑްކަޕް ކަމަށް ބެލެވެއެވެ. މެސީގެ ހެޓްރިކާއެކު މުބާރާތް ކާމިޔާބު ކަމާއެކު ފެށި އާޖެންޓީނާ ދެން ނުކުންނާނީ އޮސްޓްރިއާ ދެކޮޅަށެވެ.
އެ މެޗު އޮންނާނީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭގައެވެ.

