ރާއްޖެއަށް އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

އެ ތަކެތި ފެނިފައިވަނީ ޝިޕްމެންޓެއްގައި ގާނޫނާ ހިލާފު ތަކެތި ހުރެދާނެކަމަށް ބެލެވިގެން، މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

މި ތަކެތި އަތުލައިގެންފައިވަނީ ކަނޑުމަގުން “ޖެނެރަލް ކާގޯ”ގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއް ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.

އެގޮތުން، ”ޖެނެރަލް ކާގޯ“ގެ ގޮތުގައި ޑިކްލެއަކޮށްފައިވާ ޝިޕްމަންޓެއް ބަލާ ފާސްކުރިއިރު، އެ ޝިޕްމަންޓުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާކަމަށް އެ އިދާރާއިން ބުނެއެވެ.

އަދި ޖެނެރަލް ކާގޯގެ ގޮތުގައި ޑިކްލެއަކޮށްފައިވާ ޝިޕްމަންޓެއް ބަލައިފާސްކުރިއިރު، އެ ޝިޕްމަންޓުގެ ތެރޭގައި ފޮރުވާފައި ހުއްޓާ ޖުމްލަ 5،600 ވޭޕް ކާޓްރިޖް ފެނުނުއިރު މިހާރު އެ ތަކެތި ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މީގެ އިތުރުން ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާ ގަވާއިދާ ހިލާފު ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ބެލެވިގެން، ޖޫން 14 15 އަދި 17 ވަނަ ދުވަހު، މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 1،108 ވޭޕް ކާޓްރިޖާއި 27 ޑިވައިސް ހޯދާފައިވެއެވެ.