ރާއްޖެ ދަރަނިވެރި ކުރުވީ ކޮންބައެއްކަން އެނގެންޖެހޭ ކަމަށް ކުރީގެ ލޯކަލް ގަވަމަންޓް މިނިސްޓަރު، އާދަމް ޝަރީފު އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފު މިހެން ވިދާޅުވީ، ރާއްޖެ ދަރަނިވެރި ކުރުވި މީހުންގެ ވާހަކަ ދެެއްކުމުގެ ބޭނުމެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. ނަޝީދުގެ ވެރިކަމުގައި އެކަނި ވެސް، 17.3 ބިލިއަން ރުފިޔާއިން ގައުމު ދަރުވައިލިއެވެ.

”ސަންގު“ ޓީވީގައި ނަޝީދު ވިދާޅުވީ، ގައުމު ދަރުވާލި މީހުންގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ބޭނުންވަނީ އެކަމުގެ ހައްލު ކަމަށެވެ. ޑޮލަރެއްގެ އަގު މިހާރު ވަނީ 21 ރުފިޔާއަށް އަރާފައި ކަމަށާ، އެ ދަށްކުރެވެންވެސް ސަރުކާރަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.

”އެކްސް“ގައި އާދަމް ޝަރީފު ވިދާޅުވީ، ރާއްޖެ ދަރަނިވެރި ކުރުވީ ކޮން ބައެއްކަން ރައްޔިތުންނަަށް އެނގެންޖެހެނީ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތަކާއި ރައްޔިތުން އެދޭ ތަރައްޤީއަަށް ބޭނުން ކުރަންޖެހޭ ފައިސާ، ކުރީގެ ސަރުކާރުތަކުން އުފެއްދި ދަރަންޏަށް ހޭދަ ކުރަންޖެހޭތީ ކަމުގައެވެ.

މި ސަރުކާރުން ވަނީ ބޭރުގެ ދަރަނިތައް ދެއްކުމުގައި، މި ފާއިތުވި 2 އަހަރާ ބައިގެ ތެރޭގައި ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން 1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކައިފައިވާއިރު، އެކަން ކުރީ ފައިސާ ޗާޕު ނުކޮށްކަން ސަރުކާރުން ފާހަގަކުރެއެވެ.