ގަވާއިދާ ހިލާފަށް، ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ 12 ބިދޭސީން ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވަނީ މި މަހުގެ 15 ވަނަ ދުވަހު ހުޅުމާލެ ފޭސް 1ގައި ހުރި ގަރާޖެއްގައި ހާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައެވެ.

މި އޮޕަރޭޝަނުގައި ޖުމްލަ 20 ބިދޭސީއަކު ހިފަހައްޓައި، އެމީހުންގެ ވިސާއާއި ރަސްމީ ލިޔެކިޔުންތައް ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.

އަދި މި މީހުންގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅުނު 12 ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ.

ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަން ކުރަނގީގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު މިހާތަނަށް ވަނީ އެއްކޮށްފައެވެ.

އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.