ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވިއްސާރަ ކުރާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މޫސުން ލަފާ ކުރެވޭ ގޮތް ހާމަކޮށް މެޓުން، މެޓު އޮފީހުގެ ރަސްމީ ވެބްސައިޓުގައި ބުނީ، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުން ވެސް އެކަށީގެންވާ ކަމުގައެވެ.
އެގޮތުން، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ލަފާ ކުރެއެވެ. ނަމަވެސް އުޑު މަތި ސާފުވެ، ކަނޑުތައް ވެސް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.
އަދި ރާޅުގެ އުސްމިން ހުންނާނީ 2-4 ފޫޓުގައި ކަމަށް ވެސް މެޓުން ބުނެއެވެ.

