މާލެ ސަރަހައްދުން މިދިޔަ ހަފުތާގައި އިތުރު ދެ މީހަކަށް ހިމަބިހި (މީސަލްސް) ޖެހި، މިއަހަރުގެ މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު 22 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ މީހުންނެވެ.
އެޗްޕީއޭއިން ހާމަކުރި ގޮތުގައި ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ.
ނަމަވެސް، ބަލި ޖެހުނު ދިވެހިންގެ ސީދާ އަދަދެއް އެ އިދާރާއިން ހާމައެއް ނުކުރެއެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 489 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށާއި، އޭގެ ތެރެއިން 88 ކޮންޓެކްޓެއްގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

