މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގައި، އޮސްޓްރިއާ އާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގެ ކުރީކޮޅު ލިބުނު ޕެނަލްޓީގެ ބޭނުން ނުހިފުމުން ރުޅި އައި ކަމަށް، ލިޔޮނަލް މެސީ ބުނެފިއެވެ.

 

އާޖެންޓީނާގެ 10 ނަމްބަރު ކުޅުންތެރިޔާ ބުނީ، ރޭ ރާއްޖެ ގަޑިން 10:00ގައި ކުޅުނު މެޗުގައި ލިބުނު ޕެނަލްޓީ ޖެހުނީ ގޯސްކޮށް ކަމަށާއި، އެ ”މިސްވުމުން“ ރުޅި އައި ކަމަށެވެ.

ޕެނަލްޓީ ނުޖެހުނު ނަމަވެސް، ރޭ މެސީ ވަނީ ދެ ލަނޑު ކާމިޔާބުކޮށް، އޭނާ އާއި އާޖެންޓީނާގެ ސަޕޯޓަރުން އުފާ ކޮށްދީފައެވެ.

 

މިކަން ފާހަގަކޮށް މެސީ ބުނީ، މުހިންމީ 3 ޕޮއިންޓް ހޯދައި ރައުންޑް އޮފް 32 އަށް ދަތުރު ކުރުން ކަމަށާއި، ރޭ އެކަން ހާސިލު ކުރެވުނު ކަމަށެވެ.

 

މި 2 ލަނޑާއެކު މެސީ ވަނީ ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑު ވެސް ގާއިމު ކޮށްފައެވެ.

 

މި ފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ ދެ މެޗު ކުޅުނުއިރު، މި ދެ މެޗުގައި މެސީ ވަނީ 5 ލަނޑު ޖަހައިފައެވެ.