ވޯލްޑް ކަޕް 2026 ގައި، މިރޭ ކުޅުނު މެޗުގެ ދެވަނަ ހާފްގެ 50 މިނެޓު ނިމުނު ފަހުން، ޖަޕާނު ބަލިކޮށް، ގަދަފަދަ ބްރެޒިލުން ގަދަ 16ގެ ޖާގައެއް ހޯދައިފިއެވެ.

މިހައިތަނަށް 5 ފަހަރު ވޯލްޑް ކަޕްގެ ތަށި އުފުލައިލި ބްރެޒިލް، މިރޭގެ މެޗު ކާމިޔާބު ކުރީ، 1-2ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ޖަޕާނު ވޯލްޑް ކަޕާ އަލްވަދާއު ކިޔަން ޖެހިފައިވާއިރު، އެ ޓީމުން ބްރެޒިލް ބަލި ކުރަން ވަަރަށް މަސައްކަތް ކުރިއެވެ.

މިރޭގެ މެޗަށް ބްރެޒިލުން ފުރަތަމަ 11 އަށް ބަދަލެއް ގެނެސްފައި ނުވާއިރު، އެ ޓީމުގެ ތަރި ނޭމާ ފެށީ ބެންޗުންނެވެ.

މެޗުގައި ޖަޕާނަށް ފުރަތަމަ ލީޑު ނަގައިދިނީ ކައިޝޫ ސާނޯއެވެ. ދެވަނަ ހާފުގެ 11 ވަނަ މިނިޓްގައި ބްރެޒިލްއަށް ނަތީޖާ އެއްވަރުކޮށްދިނީ، މިޑްފީލްޑަރ ކަސެމީރޯއެވެ. މެޗު ނިމެން ކައިރިވެފައި ވަނިކޮށް، ބްރެޒިލްއިން މެޗު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިޔަކަށް އެރި މާޓިނެލީ ޖަހައިދިން ލަނޑުންނެވެ.

މުބާރާތުގައި ބްރެޒިލް ދެން ނުކުންނަން ޖެހޭނީ އައިވަރީ ކޯސްޓް އަދި ނޯވޭ މާދަމާ ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މި މެޗު އޮންނާނީ މާދަމާ ރޭ، ރާއްޖެ ގަޑިން 10:00ގައެވެ.