ހައްޖު ކޯޕަރޭޝަންގެ ބޯޑު މެންބަރު ކަމަށާއި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް މިއަދު އައްޔަނުކޮށްފިއެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމާއި ބޯޑު މެންބަރުކަމަށް ފިރުޒުލް އައްޔަނުކުރިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ވަނީ ރަސްމީކޮށް ހާމަކޮށްފައެވެ.
ފިރުޒުލް ވަނީ ސަރުކާރުގެ އަދި ސިޔާސީ ދާއިރާގެ މުހިންމު ގިނަ މަގާމުތަކެއް ފުރުއްވައިފައެވެ.
އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓެރީ ފޯ ޕަބްލިކް ޕޮލިސީގެ މަގމު ހިމެނެއެވެ.
މީގެ އިތުރުން އޭނާއަކީ ސަރުކާރު ހިންގާ މައި ޕާޓީ ކަމަށްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތަރުޖަމާނުވެސް މެއެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާގައި، އިންތިގާލީ އޮފީހުގެ ތަރުޖަމާނެއްގެ ގޮތުގައިވެސް ފިރުޒުލް ވަނީ އިސް ދައުރެއް އަދާކުރައްވައިފައެވެ.

