ހުޅުމާލޭގައި މިރޭ ހަވާ އެރުވުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މިއީ މިހާރު ހުޅުމާލޭގައި ކުރިއަށްދާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

އެގޮތުން ހަވާ އަރުވަން ހަމަޖެހިފައ ވަނީ މިރޭ 10:00 ގައި ހުޅުމާލޭ އިރުމަތީ ފަރާތުގައެވެ.

ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 3 މިނެޓަށެވެ.